މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަަހައްދުތަކުގައި، ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް މިއަދު ކުރިޔަށް ގެންދާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނެފި އެވެ.
އެ،ކުންފުނިން ބުނީ، މިއަދު ހެނދުނުު 09:30 ން 11:30 އަށް، ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކުރިޔަށްދާނީ މާލެ ސިޓީ، އަލިކިލޭގެފާނު މަގު، ކަޅުހުރާ މަގު، ބޮކަރުމާ ގޯޅި ހިމެނޭ ސަރަޙައްގައި ކަމަށެވެ.
މީގެ އިތުރުން މެންދުރު ފަހު 01:30 އިން 03:00 އަށް ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހުޅުމާލެ(ފޭސް-1) ގެ އަސްރުމާ ހިނގުން، ޗަނބޭލީ މަގު ގޯޅި 3 (ފްލެޓް 138_133) ހިމެނޭ ސަރަޙައްދުގައި ވެސް ކުރިޔަށްގެންދަން ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، މި މަސައްކަތް ކުރިޔަށްގެންދާ ވަގުތުގައި ކަރަންޓްގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ. އަދި އެވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭކަމަށް ބުނެފައި ވެއެވެ.
ސްޓެލްކޯއިން ދޭތެރެ ދޭތެރެއިން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކުރިޔަށްގެންދެއެވެ. މި މަސައްކަތް ކުރިޔަށްދާ ވަގުތު ބައެއް ހާލަތްތަކުގައި ކަރަންޓް ކެނޑުނު ނަަމަވެސް، ވަރަށް އަވަހަށް އެކަން ހައްލުކޮށްދެެއެވެ.



