ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަަމަށް މިއަދު ފުލުހުން ބުނެފި އެވެ.
މަރުވެފައި އޮއްވާ ފެނުނީ، މ. ނަލަހިޔާ މަންޒިލް އަހްމަދު ފަޔާޒް(57) އެވެ.
މާފަންނު ގެއެއްވެ ތިން ވަނަ ފަންގި ފިލާގައި ހުރި ކޮޓަރިއެއްގައި ދިވެހި ފިރިހެނަކު ނިޔާވެފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 23:33 ހާއިރުއެވެ. މި ރިޕޯޓާއި ގުޅިގެން ފުލުހުން އެޓެންޑްވެ،ެ މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ގެންގޮސް ބަލައި ތަހްގީގްކޮށްފައި ވެއެވެ.
މި މައްސަލައިގައި މިއަދު ފުލުހުން ބުނެފައިވަނީ މަރުވެފައި އޮއްވާ ފެނުނީ، މ. ނަލަހިޔާ މަންޒިލް އަހްމަދު ފަޔާޒް(57) ކަމަށެވެ.
ފުލުހުން ބުނީ، އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތްކަމާއި، އަދި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއްވެސް ނެތްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ.


