ހުޅުމާލޭ ފޭސް-2 ގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީ، ހުޅުމާލެ ފޭސް-2 ގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށާއި، އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި ދިވެހި އަންހެން މީހާއަށް އަނިޔާވެ، ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
ފުލުހުން ދަނީ، އެކްސިޑެންޓް ހިނގި ’ސީން‘ ގައި ހަރަކާތްތެރިވަމުންނެވެ.
ފަހަކަށް އައިސް ހުޅުމާލޭގައި އެކްސިޑެންޓް ހިނގާ މިންވަރުވަނީ އިތުރުވެފަ އެވެ.



