އައްޑޫ ސިޓީ މަރަދޫން ގެއްލިގެން ފުލުހަށް ރިޕޯޓްކުރި މީހާ ފެނިއްޖެއެވެ.
މަރަދޫ ފިރިހެނަކު އިއްޔެއްސުރެ ގެއަށް ނައިސްގެން ގެއްލިގެން 13:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 19:00 ހާއިރު ގެއިން ނިކުމެގެން ދިޔަ ގޮތަށް އަނބުރާ ގެއަށް އައިސްފައި ނުވާތީކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެމީހާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގޭ ގޯތިތެރޭގައި ވަކިން ހުންނަ ކޮޓަރިއަކުން ކަމަށެވެ. އޭނާ ފެނިފައިވަނީ 17:50 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެމީހާގެ ސިއްހީ ހާލަތު ދެނަގަތުމަށް މަރަދޫ ހެލްތު ސެންޓަރަށް މިހާރު ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް،އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.



