ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިިފި އެވެ.
ފުލުހުން ހޯދަމުންދަނީ ސ. ހުޅުދޫ، ބްލޫބެލް، އަޙްމަދު ފިރާޤު (49އ) އެވެ.
އަޙްމަދު ފިރާޤު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ފުލުހުން ވަނީ، އަޙްމަދު ފިރާޤާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ. އަދި، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދޭ އެއްބާރުލުމަށް ޝުކުރު ދަންނަވާފައި ވެއެވެ.




1 Comment
ދެބޮއްކޮރާ ގެންގުޅޭ އެއާލައިނެކޭ ކިޔާ މިޙާރުވެސް ޓްރިވެންޑުރަމަށް ދިވެހިން ނަށްބޭހަށް ޖާގަނުލިބާ އިރޔވެސް ކޮލަމްބޯއަށްދާން އިޝްތިޙާރުކުރަނީ
ޢަދި ދިވެހިންފެލަނީ މާލެއިން ބޭންކޮކު، މެލޭޝިއާ އަށްވުރެ ޓްރިވަންޑުރަމު ޓިކެޓު އަގުބޮކޮށް ދިވެހިންގެ ޖީބުފެލަނީ
މިހާރު ޓްރިވަންޑުރަމު ރިޓާން ޓިކެޓުގެ އަގު މޯޑިވިއަން ކިޔާ ފުލައިޓުން 9000.ރ ދިވެހިރުފިޔާ