ތާޑް ޕާޓީ އިންޝުއަރެންސް ކުރުމާއި އިންޝުއަރެންސުން ބަދަލު ލިބިދޭ އުޞޫލުތައް ހަރުދަނާ ކުރުމަށް، މުހިންމު ބަދަލުތަކެއް ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީންް ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި ބަދަލުތަކުގެ ތެރޭގައި އިންޝުއަރެންސް ކަވަރޭޖާއި ނުލައި އުޅަނދު ރަޖިސްޓްރީ ނުކުރެވޭނެގޮތަށް ހެދުމާއި، އިންޝުއަރެންސް ނުކުރާ އުޅަނދުފަހަރަށް މިނިސްޓްރީން އެއްވެސް ޚިދުމަތެއް ނުދެވޭނެގޮތަށް ގަވާއިދުތައް ބަދަލުކުރުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، މި ބަދަލުތަކާއެކު އިންޝުއަރެންސް ކުންފުނިތަކުގެ އިންޝުއަރެންސް ޕޮލިސީތަކަށްވެސް ބަދަލުތަކެއް ގެންނާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބަދަލުތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، އެކްސިޑެންޓްތަކުގައި ގެއްލުންވާ ފަރާތްތަކަށް އެކަށީގެންވާ ބަދަލު ލިބިދިނުމުގެ މަގްސަދުގައި ގެނައި ބަދަލުތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އައު ބަދަލުތަކާއެކު، މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އަދި އުޅަނދު ދުއްވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އިންޝުއަރެންސް ކަވަރަވަރޭޖުގެ މިންވަރު އިތުރުވެ، އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓްރީޏް ބުނެފައި ވެއެވެ.




