ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމި އިންސްޕެކްޝަން އަދި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފަސްޓްރަކްޗާއިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއިންސްޕެކްޝަންގައި ސްޓޭޓް މިނިސްޓާ އިސްމާޢީލް ޙަމީދު އަދި ޑެޕިއުޓީ މިނިސްޓާ ޢަލީ ސަލީމްގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެމްޑަބްލިއުއެސްސީ ގެ ޓެކްނިކަލް ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިމަޝްރޫއުގައި 34 ޓަނުގެ 2 އާރްއޯ ޕްލާންޓް، 180 ކޮޑިމީޓަރުގެ 2 އާރްއޯ ޓޭންކް އަދި 620 ކޮޑިމީޓަރުގެ 2 އާރްއޯ ޓޭންކް އަދި ސްވަރޭޖް ޕަންފު ސްޓޭޝަން ހިމެނޭނެ ކަމަށް މިނިސްޓްރީން ވިދާޅުވި އެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިމަޝްރޫއުގެ މަގުސަދަކީ ހިރިމަރަދޫގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމެވެ.



