ޗައިނާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވާންގް ލިޒިންއާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ބައްދަލު ކުރައްވައިފި އެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ސަފީރާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިއީ ފޮރިން މިނިސްޓަރުގެ މަގާމަށް ހަލީލު އައްޔަން ކުރެއްވުމަށްފަހު ޗައިނާގެ ސަފީރާއި ބައްދަލު ކުރެއްވި ދެވަނަ ފަހަރެވެ. މަގާމާއި ހަވާލުވުމަށްފަހު ހަލީލު ފުރަތަމަ ވެސް ބައްދަލު ކުރައްވާފައި ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރާ އާއިއެވެ. މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އަދި އާ ދާއިރާތަކުން ދެ ގައުމު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.




