ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އައުޓްރީޗް ޕްރޮގްރާމް މި މަހު 7 ވަނަ ދުވަހު ފަށަން މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މިއައުޓްރީޗް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ ލ އަތޮޅުން ކަމަށާއި، މިމަހުގެ 7 އިން 10 އަށް ލ. ހިތަދޫ އަދި ގަމަށް ސެއިލްސް އަދި ނޭޝަނަލް ކެރިއަރސް ސަރވިސްގެ ޓީމެއް ދަތުރުކުރާނެ އެވެ.
މިދަތުރުގެ ތެރެއިން ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ ޒުވާނުންނާއި، ވިޔަފާރިވެރިން، އަދި އަމިއްލަ ޖަމުއިއްޔާތަކާ ބައްދަލުކޮށް ސެއިސްލް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް އެވުޒާރާއިން ވިދާޅުވި އެވެ.
މީގެއިތުރުން ނޭޝަނަލް ކެރިއަރސް ސާރވިސް (އެން.ސީ.އެސް) ގެ ޚިދުމަތްތަކަށް އަހުލުވެރި ކުރުވާ މަޢުލޫމަތު ފޯރުކޮށްދީ, ވަޒީފާ ހޯދާ ފަރާތްތަކާއި ވިޔަފާރިވެރިން، އެން.ސީ.އެސް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމުގެ ހަރަކާތަކެއް މިދަތުރުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ނޭޝަނަލް ކެރިއަރސް ސާރވިސް އަންނަނީ ކެރިއަރ ގައިޑެންސްގެ ޚިދުމަތްތައް އެން.ސީ.އެސްއިން އަންނަނީ ކެރިއަރ ގައިޑެންސްގެ ޚިދުމަތް ދަރިވަރުންނަށާއި މުދައްރިސުންނާއި، ބެލެނިވެރިން އަދި ކިޔަވައި ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ފަރާތްތަކަށް ދެމުންނެވެ.
އެގޮތުން މިހާރު ވެސް ވަޒީފާއަދާ ކުރަން ފެށުމަށްފަހު ކެރިއަރ އެޑްވައިސް ހޯދޭނެ އިންތިޒާމްތައް ފަހިކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، ތީތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ސެއިލްސް ޕްރޮޖެކްޓުން ޕްރޮގްރާމްތެއް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.




