ގަވާއިދާ ހިލާފަށް މާލޭ ސަރަހައްދުގައި އުޅެމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގަނެފިއެވެ.
އިމިގްރޭޝަނުން މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ މެސެޖެއްގައި ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައިފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ޚާއްސަ ތަމްރީނުގެ ދަށުން މި ރެއިޑުގައި ”އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް“ ބައިވެރިވެފައިވާ ކަމަށެވެ.
ރާޢްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށްޓަކައި މަސައްކަތް ކުރަމުން އަންނައިރު ޤަވާއިދާ ޚިލާފަށް އުޅުނު 4000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓު ކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.



