ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުންނަށް އެއާޕޯޓުން މަރުހަބާ ދަންނަވާފައި ވަނީ އިންޑިއާ ސަރުކާރު މިނިސްޓާ އޮފް ސްޓޭޓް އެކްސްޓާނަލް އެފެއާޒް ކްރިތީ ވަރްދަންގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކުންނެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު އެގައުމުގެ ރައީސާއި ބޮޑުވަޒީރާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިއަދު އެމަނިކުފާނު އެގައުމުގެ އެކްސްޓާނަލް މިނިސްޓާ ސުބްރަމާނިއަމް ޖައިޝަންކަރު އާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރައީސްއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށްޓަކައި މާދަމާ ހަފްލާއެއް ބާއްވާނެކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު އެ ޤައުމު އިސް މަސްއޫލުވެރީންނާއި ވެސް ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ އެވެ.



