އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިބައްފަލުވުމުގައި އިންޑިއާއަށް ރައީސް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް މަރުހަބާ ދަންނަވާ ޖައިޝަންކަރު ވަނީ ދެ ޤައުމަށް މުހިންމު އެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ބައްދަލުވުމަށްފަހު ޖައިޝަންކަރު މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ އިންޑިއާ-ދިވެހިރާއްޖެ ގުޅުން ވަރުގަދަކުރުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ އަޒުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެއިތުރުން މާދަމާ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއިއެކު ބާއްވާ ބައްދަލުވުމުގައި ދެބޭފުޅުންގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ރަޙްމަތްތެރި ގުޅުން އިތުރަށް ވަރުގަދަވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވިއެވެ.




