ދައުލަތުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ މިމަހު ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު މިއަދު ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ނަގާފައިވާ 500 މިލިއަން ޑޮލަރަށް އަހަރަކު ދެ ފަހަރު ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އެއީ އޭޕްރިލް މަހުގައާއި އޮކްޓޯބަރު މަހުގައެވެ. އެގޮތުން މިމަހު ދައްކަން ޖެހޭ އަދަދު މިއަދު ދައްކާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތުގެ ދަރަނިތައް ދެއްކުމަށް ކަމަށާއި އެކަމުގައި ދެމިތިބޭނެ ކަމަށެވެ.
އެހެންކަމުން ސުކޫކުގެ ގޮތުގައި ނަގާފައިވާ ފައިސާ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދެއްކީ ދަރަނި އަދާކުރުމަށާއި އިންވެސްޓަރުންނާއި ކްރެޑިޓަރުންނަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ ތެރެއިން ކަމަށް ވެސް ފިނޭންސުން ބުނެފައިވެއެވެ.



