އަންނަ އަހަރުގެ ރަމަޟާން މަހަށާއި ހޫނުގަދަ ދުވަސްވަރަށް ތައްޔާރުވުމުގެ ގޮތުން، އިތުރު ޖެންސެޓްތަކެއް ހޯދުމަށް ފެނަކައިން ހުޅުވާލައިފިއެވެ.
ފެނަކައިން ބުނި ގޮތުގައި އަންނަ އަހަރުގެ ރަމަޟާން މަސް ދިމާވަނީ އަހަރުގެ އެންމެ ހޫނު ދުވަސްވަރު ކަމަށްވާތީ، އެދުވަސްތަކުގެ ކަރަންޓަށް އޮންނަ ޑިމާންޑު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މިއީ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް، ދުރާލާ އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެގޮތުން ފެނަކައިން ވަނީ 39 ޖެންސެޓް ވިއްކުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، މި މަހުގެ 7 އިން 14 އާއި ހަމައަށް ބިޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާފައެވެ.
އެ ކުންފުނިން ހޯދުމަށް އިޢުލާންކޮށްފައިވަނީ، 250 ކިލޯވޮޓުގެ 7 ޖެން ސެޓާއި 400 ކިލޯވޮޓުގެ 6 ޖެން ސެޓްގެ އިތުރުން 600 ކިލޯވޮޓުގެ 8 ޖެން ސެޓާއި 800 ކިލޯވޮޓުގެ 5 ޖެން ސެޓް، އަދި 1000 ކިލޯވޮޓުގެ 6 ޖެން ސެޓާއި 1200 ކިލޯވޮޓުގެ 5 ޖެން ސެޓްގެ އިތުރުން 1600 ކިލޯވޮޓުގެ 2 ޖެން ސެޓެވެ.
މި ޖެންސެޓްތައް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޮކްޓޫބަރު މަހުގެ 14 ގެ ނިޔަލަށް ބިޑުގައި ރަޖިސްޓްރީވެވޭނެ ކަމަށާއި އަންދާސީ ހިސާބު މި މަހުގެ 15 އާއި 16 ގައި ހުށަހެޅޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.



