މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ..
އެހެންކަމުން އެއިދާރާއިން ވަނީ މިއަދުގެ 14:45 އިން ފެށިގެން މިރޭ 8:45 އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.
މޫސުން ގޯސަވާނެ ކަމަށް ލަފާކޮށް، މޫސުމާއިބެހޭ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.




