މިފްކޯ އިން 3 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓު ތަކެއް އެޅުމަށް އީ.އައި.އޭ ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
މިފްކޯ އިން އައިސް ޕްލާންޓް ޤާއިމު ކުރުމަށް ނިންމާފައިވަނީ ދ. މީދޫ، ދ. ބަނޑިދޫ އަދި ށ. ފުނަދޫ ގައެވެ. މި 3 ރަށުގައިވެސް އެޅުމަށް ނިންމާފައިވަނީ 30 ޓަނުގެ އައިސްޕްލާންޓް ތަކެއް ކަމަށް އެ ކުންފުނިން ބުންޔެވެ. އަދި ކޮންމެ އައިސް ޕްލާންޓަކާއިއެކު 50 ޓަނުގެ ކޯލްޑް ސްޓޯރޭޖް ތަކެއްވެސް ޤާއިމު ކުރެވިގެންދާނެ ކަމަށް މިފްކޯ އިން މައުލޫމާތު ދިނެވެ.
މިފްކޯ އިން ބުނީ މި 3 ރަށުގައި އައިސް ޕްލާންޓް އެޅުމަށް ނިންމާފައިވާ ސަރަހައްދުގެ ތިމާވެއްޓާ ބެހޭ ރިޕޯޓް އީ.އައި.އޭ އެއް ހަދަން ބޭނުންވާ ކަމަށެވެ.
އަދި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އީމެއިލް، މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ. ޕޮރޮޕޯސަލްތައް އީމެއިލް ކުރަން ޖެހޭނީ contract@mifco.mv އަށް ކަމަށް މިފްކޯ އިން މައުލޫމާތު ދިނެވެ.
މިކަމާއި ބެހޭ އިތުރު މައުލޫމާތު މިފްކޯ ގެ އީމެއިލް bid@mifco.mv އަށް އީމެއިލް ކޮށްގެން ހޯދުމަށް އެ ކުންފުނިން އެދިފައިވެއެވެ.



