ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަ ކޮށްލާނެކަމަށް ބުނެ މަރުގެ އިންޒާރު ދިން ގ. ސަންސަންގެއާގޭ ޢަބްދުﷲ މިޔާދު (40އ.) 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ރައީސް މުޢިއްޒުއަށް އަވަހާރަކޮށްލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދިން މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އެނބުރި އައުމުން ރޭގެ ވަގުތެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ވިދާޅުވީ މިޔާދު ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓުތަކުން ދިވެހިރާއްޖޭގެ ރައީސް މުޢިއްޒު އަދި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެކަމަށް ބުނެ އިންޒާރުދީ އަދި އިތުރު އެހެން ފަރާތްތަކަށް ނިސްބަތްކޮށް މަރާލަނެ ކަމަށާއި އަދި އެނޫން އެކި ގޮތްގޮތުން ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދީ ހަޑިހުރުބަހުން އެކި ޕޯސްޓު ކުރަމުން ގެންދިއުމާއިއެކު އެއްޖިންސުން ގުޅުން ހިންގުމަށް ހިއްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުންދާ މައްސަލަ އާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން މިރޭ ވިދާޅުވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.



