ޔަހޫދީ އިޒްރޭލު ސިފައިން ލުބްނާނާއި ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ނިރުބަވެރި ހަމަލާތަކުގައި، ލުބްނާނުގެ ފަސް ސިއްޙީ ޚީދުމަތްތެރިއަކު މަރާލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލުބްނާނުގެ ދެކުނުގެ އަވަށެއް ކަމަށް ވަރްދާނިޔޭއަށް ރޭގައި އިޒްރޭލު ސިފައިން ހަމަލާތަކެއްދީ ފަސް ސިއްހީ ޚިދުމަތްތެރިއަކާއި އާންމުންގެ ފަސް މީހަކު ވެސް މަރާލާފައިވެއެވެ.
އިޒްރޭލުން ވަނީ ލުބްނާންގެ އިތުރުން ޣައްޒާއަށް ވެސް ރޭގައި ހަމަލާތަކެއް އަނެއްކާވެސް ދީފައެވެ. އެގޮތުން ޣައްޒާއަށް ދިން ހަމާލާގައި ފަލަސްތީނުގެ 64 މަރާލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކުރެއެވެ.
ޣައްޒާއަށް އިޒްރޭލުން ހުއްޓުމެއް ނެތި ކޮންމެ ދުވަހަކު ހަމަލާ ދެމުންދާތާ މިހާރު އަހަރެއް ވެފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 42،010 މީހުން މަރާލައި، 97،720 މީހުން ޒަހަމް ކޮށްލާފައިވެއެވެ.
މިހަމަލާތަކުގެ ރައްދުގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކުގައި އެޤައުމުން މިހާތަނަށް މަރުވެފައިވަނީ 1139 މީހުންނެވެ.


