ޕިކަޕް ބެޓަރީތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު މިއަދު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 6:54 ހާއިރު ފަރީދީމަގު، ޗާނދަނީ މަގު ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާމެދު ތުހުމަތު ކުރެވިގެން، ހުއްޓުވައި ބަލައިފާސް ކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 12 ޕިކަޕް ބެޓަރީތަކެއް ފެނިފައިވާ ކަމަށެވެ.
މިތުހުމަތާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫފޭދޫ މާކަރީ ލައިޓު އަލީ އަހްސަން (32 އ.) އާއި ސ. ފޭދޫ އަނަސް މުޙައްމަދު ނީޒާދު (43 އ.) އެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



