މުހިންމު މަސައްކަތެއް ކުރުމަށް މާދަމާ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގްރޭޓާ މާލެ އިންޓަރކަނެކްޝަން ގްރިޑް ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރުމަށް 11 އޮކްޓޯބަރު 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 އިން 7:00 އާ ދެމެދު ހުޅުމާލެ އަދި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިކަމަކަށް ސްޓެލްކޯއިން ނިހާޔަތަށް މާފަށް އެދެއެވެ.



