ވައިގަދަވުމާއިއެކި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިރޭގެ 19:00 އިން 23:00 އަށް ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.
އެއިދާރާއިން ބުނެފައިވާ ގޮތުގައި މިވަގުތުތުގައި މިސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލައި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެއިދާރާއިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިރޭގެ 21:00 އާއިހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.




