ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންކަމުން އެއިދާރާއިން ވަނީ މިރޭގެ 19:00 އިން 12:00 އަށް ހއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.
އެއިދާރައިން ބުނެފައިވާ ގޮތުގައި މިރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަވކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.



