ރާއްޖޭގެ ދަރަނީގެ މައްސަލައަށް ހައްލެއް ގެނައުމަށް އެމެރިކާގެ އެޑްވައިޒަރެއް ހަމަޖައްސައިފިއެވެ.
މި މަގާމަށް ހަމަޖެއްސީ އެމެރިކާގެ އިންޑިޕެންޑެންޓް އިންވެސްޓްމެންޓް ބޭންކިން ފާމް، ސެންޓަވިއު ޕާޓްނާސް އެވެ.
މިކަން ރޮއިޓާޒްގައި މިހާރު ޝާއިޢުކޮށްފައިވީ ނަމަވެސް ފިނޭންސް މިނިސްޓްރީން އަދި މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެއެވެ.
ސެންޓަވިއު ޕާޓްނާސް އުފެއްދީ 2006 ވަނަ އަހަރު އެވެ. އެ ފާމުން އަންނަނީ ދުނިޔޭގެ އެކި ކުންފުނިތަކާއި ގައުމުތަކަށް މާލީ ކަންކަމުގައި ލަފާ ދެމުންނެވެ. އެ ފާމުގައި 60 ޕާޓްނަރުންނާއި 400 އަށް ވުރެ ގިނަ ތަޖުރިބާކާރުން މަސައްކަތް ކުރެ އެވެ.




