ސްނޯކްލިންގަށް ގޮސް އުޅުނު ޗައިނާ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އއ. ގަންގެހި ރިސޯޓު ބޭރަށް ސްނޯކްލިންގަށް ގޮސް އުޅުނު ފަތުރުވެރިއެއް މަރުވެފައި އޮތް ކަމަށް 13 އޮކްޓޯބަރު 2024 ވީ އާދީއްތަ ދުވަހުގެ 11:22 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރުން ފުލުހުންނަށް ދީފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މިހާދިސާގައި މަރުވެފައިވަނީ އުމުރުން 27 އަހަރުގެ ޗައިނާ ފިރިހެނެކެވެ. އޭނާއަކީ ރަސްދޫ ގެސްޓުހައުސް އެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




