ވޭޕް މަނާކުރުމާއި ގުޅިގެން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، މިހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވި ނިންމެވުމާއި ގުޅިގެން އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
ވޭޕް މަނާކުރުމަށް ރައީސް ނިންމެވި ނިންމުމަކީ އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ޙައްޤުގަ ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވެ އުޝާމް ވަނީ ރައީސްއަށް މަރުހަބާ ދަންނަވާފައެވެ.



