އިޒްރޭލުން ޣައްޒާގެ އަލް-އަގްސާ ހޮސްޕިޓަލަށާއި ރެފިއުޖީން ތިބި ޓެންޓުތަކަށް ރޭގައި ދިން ހަމަލާގައި މިހާތަނަށް 29 މީހުން ޝަހީދުކޮށްލައިފިއެވެ.
އަލްޖަޒީރާއިން ބުނި ގޮތުގައި އިޒްރޭލުން ދިން މިހަމަލާގައި އެތައް ކުޑަކުދިންނާއި އަންހެނުން ޝަހީދުވެފައިވެއެވެ. އޭގެތެރޭގައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ބަލިމީހުން ވެސް ހިމެނޭކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޣައްޒާގެ އިތުރުން އިޒްރޭލުން ދަނީ އުތުރު ލުބްނާނަށް ވެސް ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އެތަނުގައި ތިބި ސުލްހަމަސަލަސް ކަމަށް މަސައްކަތް ކުރާ އ.ދ ގެ އޮފިޝަލުންތަކަކަށް ވެސް ހަމަލާދީ މަރާލާފައިވެއެވެ.
އިޒްރޭލުގެ އެ އަމަލު ދުނިޔޭގެ އެކިކަންކޮޅުތަކުން ކުށްވެރިކުރުމުން، އިޒްރޭލުން ވަނީ ލުބްނާނުގައި ތިބި އ.ދ ގެ އޮފިޝަލުން އެތަން ދޫކޮށް ދިޔުމަށް އ.ދ އަށް ގޮވާލައިފައެވެ. އޭގެ ޖަވާބުގައި އ.ދ އިން ބުނީ ލުބްނާންގައި ތިބި އޮފިޝަލުން އެމީހުން ކުރަމުންދާ މަސައްކަތް ދޫކޮށް އެތަނުން ނުދާނެ ކަމަށާއި އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށެވެ.



