ޑޮލަރު ލިބުން ދަތިވުމާއި ގުޅިގެން ވިލާ ސިމެންތި އަގު ބޮޑުކޮށްފިއެވެ.
މީގެކުރިން ވިލާ ހަކަތައިން 115 ރުފިޔާއަށް ވިއްކާ ސިމެންތި ބަސްތާ މިހާރު ވިއްކަން ހުރީ 140 ރުފިޔާއަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިމެންތި ބަސްތާގެ އަގަށް މިބަދަލު ގެނެސްފައި ވަނީ ޑޮލަރު ލިބުން ދަތިވުމާއި އަދި ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމުގެ ސަބަބުންނެވެ.
ވިލާ ހަކަތައިން ޕެކްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ސިމެންތިއަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ، ބްރޭންޑެކެވެ.




