އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ބިރު ދައްކައިގެން ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހާ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.
މިމަހުގެ 14 ވަނަ ދުވަހު ހިތަދޫ ފިހާރައަކަށް ވަދެ ބިރު ދައްކައިގެން ފޭރުނު މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ އޭނާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މީގެއިތުރުން މިމައްސަލަ އާއި ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން އިތުރު ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.



