ހުރަވީ ސްކޫލުގެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުޅުމާލޭ ހުރަވީ ސްކޫލުގައި އިން ކުއްޖަކަށް ސިއްޙީ ހާލަތެއް މެދުވެރިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މިހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 13 އަހަރުގެ ފާތިމަތު ޝިމާ މުޙައްމަދު އެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.


