ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު އައްޔަންކޮށްފިއެވެ.
މިއަދު ބޭއްވި ޕީޕީއެމްގެ ކުއްލި ސެނެޓް ބައްދަލުވުމުގައި ޚަލީލް އެމަގާމަށް އައްޔަން ކުރެއްވީ ސެނެޓުގެ އަޣުލަބިއްޔަތުންނެވެ.
މިބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވަނީ އައްޔަންކުރައްވާފައެވެ. ހަލީމް ވެސް މިމަގާމަށް އައްޔަންކުރައްވާފައި ވަނީ ސެނެޓުގެ އަޣުލަބިއްޔަތުންނެވެ.
ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ދެން ތިއްބަވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އެވެ.
ޕީޕީއެމް އިން މިހާރު ޕީއެންސީއާއިއެކު ކޯލިޝަނެއް ހަދައިގެން މަސައްކަތް ކުރަމުން އަންނައިރު، މިކޯލިޝަންގެ އެންމެ އިސް މަގާމުގައި ހުންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.



