ރ. އަލިފުށީގައި މަސް ހިފަން މޫދަށް އެރި އުޅުން މީހަކު ނިޔާވެއްޖެއެވެ.
ރ. އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި 3 މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮތް ކަމަށް މިއަދު 12:08 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ އެމީހާ ނަގައިގެން ރަށު ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެއިތުރުން، އެމީހާ ނިޔާވެފައިވާ ކަމުގެ މައުލޫމާތު ހެލްތް ސެންޓަރުން ފުލުހުންނަށް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



