މާދަމާ މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށެވެ.
އެކުންފުނިން ބުނެފައިވާ ގޮތުގައި މާދަމާގެ މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވަނީ މާލެ ސިޓީ، މޫނިމާ ހިނގުން، ލޮނުޒިޔާރަތް މަގު، ކިނބިގަސް މަގު، ޖަނަވަރީ ހިނގުން އަދި މުތްތޮށި ގޯޅި ހިމެނޭ ސަރަޙައްދުންނެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެތީ، އެކަމިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.



