ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ ވެރިޔަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމް އައްޔަންކޮށްފިއެވެ.
މި މަހުގެ 1 ވަނަ ދުވަހު އޭނާ އެމަގާމަށް އައްޔަންކޮށްފައިވާއިރު، އިންޓެލިޖެންސްގެ ވެރިޔަކަށް ޝަމީމް ހަމަޖެއްސީ އެތަނުން ހިންގުމަށް އަވަސް ކުރަން ގެނައި ބަދަލަކާ ގުޅިގެންނެވެ.
މީގެކުރިން ވެސް ޝަމީމް އަކީ އިންޓެލިޖެންސް ޑިރެކްޓްރޭޓްގައި މަސައްކަތްކޮށް އެދާއިރާއިން ތަޖުރިބާ ހޯދާފައިވާ މީހެކެވެ. އަދި މިދިޔަ އަހަރު ނޮވެމްބަރު 21 ގައި އެތަނުގެ ވަގުތީ ވެރިޔަކަށް ވެސް ޝަމީމް ވަނީ ހަމަޖެއްސައިފައެވެ.
އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވުރެ ދަށް ރޭންކެއްގެ އޮފިސަރެއް މީގެކުރިން އިންޓެލިޖެންސްގެ ހެޑަކަށް އައްޔަން ކޮށްފައެއް ނުވެއެވެ.




