ކަފިހިހުރަސް މަތީން ހިނގާފައި ދިޔަ ތިން އަހަރުގެ ކުޑަކުއްޖެއްގެ ގައިގައި ސައިކަލުން ޖެހުނު މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. އަދި ސައިކަލުން ޖެހުނު ތިން އަހަރުގެ ކުޑަކުއްޖާ އާއި ގުޅިގެން އަދި އެކުއްޖާގެ ހާލަތާއި ބެހޭ އެއްވެސް މައުލޫމާތެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިހާދިސާ ހިނގާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު މަޖީދީ މަގު، ވިލާ މާޓު ކައިރީގައި އޮންނަ ކަފިހިހުރަސް މަތިން ކުޑަކުއްޖަކު ހިނގާފައި ދަނިކޮށް ސައިކަލަކުން ޖެހި އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެދުވަހުގެ އެ ދުވަހުގެ 15:40ކަށް ހާއިރު މި މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެކުއްޖާ ވެއްޓި ނިތްކުރިމަތި ދުޅަވެފައިވާ ކަމަށާއި އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔައެވެ.
މީގެއިތުރުން ސައިކަލު ދުއްވަން އިނީ ލައިސެންސް އޮތް ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.



