ގދ. ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެގެން މާލެ ގެނެސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ނަޑެއްލާގެ ޖެޓީ މަގުން ބާރު ސްޕިޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލު ނުވެގެންގޮސް، މަގުގައި މަޑުކޮށްފައި އޮތް ޕިކަޕެއް ކައިރިގައި ހުރި މީހެއްގެ ގައިގައި ޖެހިފައިވާ ކަމަށް ރޭ 12:05 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިއެކްސިޑެންޓުގެ ސަބަބުން ސައިކަލުގައި ތިބި ދެމީހުންނާއި ޕިކަޕް ކައިރީގައި ހުރި މީހާއަށް އަނިޔާވެގެން ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ސައިކަލު ދުއްވި މީހާއާއި ޕިކަޕް ކައިރީގައި ހުރި މީހާ އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސް އޭޑީކޭ ގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
ސަައިކަލު ދުއްވާފައިވަނީ ލައިސެންސު ނެތް މީހެކެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



