ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މިކަން އިއުލާން ކުރައްވާ ރައީސް އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ 10 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ހަމަޖައްސަވައިފި ކަމަށެވެ.
މިފަދައިން ރައީސް ހަމަޖެއްސެވީ ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ 11 ނޮވެމްބަރު ކަމުގައިވާތީ، މިއަހަރު އެދުވަސް ހޯމަ ދުވަހަކަށްވުމާއެކު ބަންދު ދުވަހަށް މެދުކެނޑުމެއްނައިސް ސަރުކާރު މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައިދެއްވުމަށްޓަކައެވެ.



