ރާއްޖެ އަށް ވިއްކާ ސްޓާލިންކް ކިޓްގެ އަގު ހެޔޮ ކޮށްފިއެވެ.
މީގެކުރިން 300’10 އަށް ވިއްކާ ކިޓްގެ އަގު ވަނީ މިހާރު 5999ރ. އަށް ތިރިކޮށްފައެވެ.
ސްޓާލިންކް ކިޓްގެ އަގު ހެޔޮ ކޮށްފައިވާއިރު، މިކިޓްގައި ސްޓާލިންކް ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެއް ހިމެނޭނެއެވެ.
މީގެއިތުރުން ދެ ހަފްތާ ތެރޭގައި މިކިޓް ރާއްޖެއަށް ޝިޕްކޮށްދޭއިރު، ސްޓާލިންކް ހިދުމަތުން 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭނެއެވެ.
އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ބިޔަ ސެޓެލައިޓް ވިއުގައާ އެކު ބިނާކޮށް، ތަރައްގީކުރަމުން އަންނަ ހިދުމަތް މިހާރު 100 އަށް ވުރެއް ގިނަ ގައުމުން ލިބެއެވެ. 2019 ވަނަ އަހަރު ތަޢާރަފް ކޮށްފައިވާ މިހިދުމަތުގެ އަމާޒަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް އަވަސް، އަގުހެޔޮ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމެވެ.




