ވ. އަތޮޅު ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އުޅޭ ކަމަށް މިއަދު ހެނދުނު 11:29 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފެލިދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މިހާދިސާގައި މަރުވެފައިވަނީ އުމުރުން 63 އަހަރުގެ ބެލަރޫސް އަންހެނެކެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



