މާލޭ ވިޔަފާރި ބަނދަރަސް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ހުރި މުދާ ނީލަމުގައި ވިއްކާލަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިގޮތަށް ވިއްކާލެވޭ ބައެއް ތަކެތީގެ ތެރޭގައި އަންހެނުންގެ ފައިވާނާއި އެހެނިހެން މުދާ ވެސް ހިމެނޭ ކަމަށެވެ.
އެމްޕީއެލްއިން ބުނީ ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ މުދާ ބެލުން އޮންނާނީ މިމަހުގެ 28 ވާ ހޮނިހިރު ދުވަހުގެ 16:30 ގައި ކަމަށެވެ. މުދާ ބެލުމަށް ނަން ނޯޓު ކުރުން އޮތީ އެދުހަގެ 15:30 ގެ ކުރިންނެވެ. އަދި އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓު ކުރަން ވާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ. ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.
ނީލަން ކިޔުން (އޮންލައިންކޮށް) އޮތީ 29 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހު 14:00 ނިމޭ ގަޑިއަކީ 30 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހުގެ 14:00 ގައެވެ.
މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ބޫޓަކަށް އަރައިގެން ކަމަށް ވެސް އެމްޕީއެލް އިން ބުނެފައިވެއެވެ.
އެމްޕީއެލްގެ އޮކްޝަން ޕޯޓަލްގެ ލިންކަކީ: https://auction.port.mv



