ބޯޑަރު ހުރަސްކޮށް ޤަވައިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު ޑީޕޯޓުކޮށްލާފައިވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްޢާން ވިދާޅުވީ ރާއްޖޭގެ ބޯޑަރ ހުރަސްކޮށް ރާއްޖޭއަށް އެތެރެވުމައްޓަކައި ކައުންޓަރ ފީޓް ނުވަތަ ފޯޖް ޕާރސްޕޯޓް ބޭނުންކޮށްގެން އެތެރެވުމަށް ގިނަބަޔަކު މަސައްކަތްކުރަމުންދާކަމަށް ފާހަގަވެފައިވާކަމަށެވެ.
ޝަމްއާން ވިދާޅުވީ މީގެ ތެރޭގައި ކައުންޓަރ ފީޓް، ފޯޖް ފާސްޕޯޓާއި ޝަޚްސު އޮޅުވާލުމަށް ބޭނުންކުރާ ޑޮކިއުމަންޓްތަކާއި އަދި އޭގައި ޖަހާފައިވާ ވިސާ ތަކަކީ ފޯޖްކޮށްފައިވާ ވިސާ ތަކެއްކަމަށެވެ.
މި އަހަރު މިހާތަނައް ވެސް ޤަވާއިދާ ހިލާފަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު ހިފެހެއްޓާފައިވާކަން ފާހަގަކޮށް ޝަމްޢާން ވިދާޅުވީ އެމީހުން ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލާފައިވާކަމަށެވެ.
”މި އަހަރު 51 ބިދޭސީއެއް ވަނީ އަޅުގަނޑުމެންގެ ބޯޑަރުން ހިފަހައްޓާފައި. މީގެ ތެރޭގައި ކައުންޓަރ ފިޓް ޕާސްޕޯޓާއި ސަހްޝު އޮޅުވާލަން މަސައްކަތްކުރާ ޑޮކިއުމަންޓާއި އޭގެ ޖަހާފައި ހުރި ވިސާ ތަކަކީ ފޯޖްކޮށްފައި ހުރި ވިސާތަކެއްވަނީ ފާހަގަވެފައި. އެގޮތުން 51 ބިދޭސީއެއް ވަނީ އަނބުރާ ފޮނުވާލެވިފަ“ ޝަމްޢާން ވަޙީދު ވިދާޅުވިއެވެ.
ޝަމްޢާން އިތުރަށް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޤަވައިދާ ހިލާފައް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން މިއަހަރުގެ ތެރޭގައި ފޮނުވާލުމަށް އަމާޒުކޮށްފައިވާ ކަމަށާއި، މިހާތަނައް ޤަވައިދާ ޚިލާފަށް އުޅޭ 4361 ބިދޭސީއެއް އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށެވެ.
މީގެތެރޭގާއި ޤަވާއިދާ ޚިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެދަށައް ގެންދިޔަ ފަރާތްތަކާއި އަމިއްލައަށް ފުރަން ބޭނުން ވެގެން އެކަމަށް އެދިގެން ފުރުވާލި ފަރާތްތަކުގެ އިތުރުން އިމިޤްރޭޝަނުން ނޯޓިސްދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައް ހިމެނޭ ކަމަށް ވެސް ޝަމްޢާން ވިދާޅުވިއެވެ.



