ޤައުމުގެ މާލީ ހާލަތު ރަނގަޅުކޮށް، އިޤްތިސާދު އަލުން ރަނގަޅު ހާލަތަކަށް ރުޖޫއަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްކެވި ލީޑާޝިޕް ހުރިހާ ދިވެހިން އަގުވަޒަންކުރާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމުގެ އިޤްތިސާދީ ހާލަތު އަލުން ރަނގަޅު ކުރުމަށް ރައީސް ދެއްކެވި ލީޑަރޝިޕާއި ވަރުގަދަ އަޒުމް ހުރިހާ ހުރިހާ ދިވެހިން ވެސް ވަރަށް ބޮޑަށް އަގުވަޒަންކުރާ ކަމަށެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރެއްވުމުގެ ގޮތުން ރައީސް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ޝުކުރު އަދާ ކުރަމުން، ފަހުމީ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަލުން ބިނާކުރުމަށް ރައީސް އެޅުއްވީ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ.
ފަހުމީ މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ރައީސް ޑރ. މުޢިއްޒު ގިނަ ފިޔަވަޅުތަކެއް އަޅުއްވަން މިއަދު ނިންމެވުމާއި ގުޅިގެންނެވެ. އެގޮތުން ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓަށް އެދި ހުށަހަޅާ އިރު، ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމަށާއި އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓް އުނި ކުރަން ނިންމާފައެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މިފިޔަވަޅުތަކަކީ ދެއަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށާއި މީގެން 12000 އަށް ވުރެއް ކުޑަ މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާ ވެގެން ވާކަމަށެވެ.



