ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިމަކުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޗަލަކު މިއަދު ވިދާޅުވީ ގއ، ގދ އަތޮޅާއި ފުވައްމުލައް އަދި އައްޑޫސިޓީ ހިމެނޭ ރަށެއްގައި އުމުރުން 8 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިމަހުގެ 22 ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ހައްޔަރު ކޮށްފައިވަނީ އުމުރުން 26 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން ވަނީ އެކުއްޖާގެ އަތޮޅާއި ރަށް ސިއްރުކޮށްފައެވެ.



