ވެމްކޯއިން ކުރިއަށް ގެންދާ ’ފައްޓަމާ‘ އާއިލީ ހަވީރު ޝަރަފުވެރި ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ލ. ފޮނަދޫއަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެމްކޯއިން ބާއްވާ “ފައްޓަމާ” އާއިލީ ހަވީރު ޝަރަފުވެރިކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ފޮނަދޫއަށް ވަޑައިގެންފައިވާ ކަމަށެވެ.
އަބްދުއްރަހީމް ފޮނަދޫއަށް ވަޑައިގެންނެވީ މިއަދުގެ ވަގުތުފުޅެއްގައެވެ.
ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި ”ފައްޓަމާ“ ގެ ނަމުގައި އެ ކުންފުނިން ބާއްވާ އާއިލީ ހަވީރުގައި ގިނަ އަދަދެއްގެ ކުޅިވަރުތަކާއި މުނިފޫހިފިލުމުގެ ހަރަކާތްތަކާއި އޮންނާނެއެވެ.
މިއީ މަޖާ މާހައުލެއްގެ ތެރެއިން ވެމްކޯއާއި ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި ވެމްކޯގެ ޚިދުމަތްތަށް އަލަށް ފަށަމުން އަންނަ ރަށްތަކުގައި ބާއްވަމުން އަންނަ ޢާއިލީ ހަވީރެއް ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
މީގެ ކުރިން ވެމްކޯއިން މި ހަވީރު ބާއްވާފައި ވަނީ ތިނަދޫ ސިޓީ، ކ މާފުށި އަދި ކުޅުދުއްފުށި ސިޓީގައެވެ.




