ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް ގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެވަޑައިގެންފިއެވެ.
މި ހަރަކާތުގައި ކޮމަންވެލްތުގެ މެންބަރު ޤައުމުތަކަށް ބޭނުންވާ ބަދަލުތައް ގެނައުމަށްޓަކައި، މާނަހުރި ގޮތެއްގައި އިސްވެރިންނަށް ޝާމިލުވެވަޑައިގެންނެވޭނެ ފުރުޞަތު ފަހިވެގެންދެއެވެ.
ނައިބު ރައީސް އާއިއެކު މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވެސް ވަނީ މިހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަކީ އިޙުތިރާމު ކުރާ، އަދި އިޙުތިރާމު ލިބޭ، ޤައުމަކަށް ހެދުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިލައްވާ ކަމެކެވެ.
މިހާރު ސަމޯއަގެ ވެރިރަށް އަޕިއާގައި ކުރިއަށް ގެންދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް އަކީ ކޮންމެ 2 އަހަރަކުން އެއް އަހަރު އޮންނަ ހަރާކާތެކެވެ. ޗޮގަމް 2024 ގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


