ޔަހޫދީ އިޒްރޭލުން މެދުކެނޑުމެއް ނެތި ޕަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާގެ ތެރެއިން 45 މީހަކު ރޭގައި މަރާލައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އިޒްރޭލުން އުތުރު ޣައްޒާގެ ބީތު ލާހިޔާގެ ހަ އިމާރާތަކަށް ރޭގައި ވަނީ ހަމަލާ ދީފައެވެ. އަދި މި ހަމަލާފައި 45 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ވެސް ރިޕޯޓު ކުރެވިފައިވެއެވެ.
އިޒްރޭލުން ޤާނޫނުތަކާއި ޤަވާއިދުތަކާ އަދި އިންސާނިއްޔަތުކަމާ ވެސް ޚިލާފަށް ޣައްޒާއަށް ހަމަލާތައް ދެމުންގެންދަނީ އެމެރިކާގެ އެހީގައެވެ. ނަމަވެސް ޣައްޒާގައި ހުންނަ އެމެރިކާގެ ކައުންސިލެއް ކަމުގައިވާ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރް) އިން ވަނީ މި ހަމަލާތައް ދިނުން ހުއްޓާލުމަށާއި މިކަމުގައި އިޒްރޭލަށް އެހީތެރިވުން ހުއްޓާލުމަށް އެ ކައުންސިލުން ވަނީ އެމެރިކާއަށް ގޮވާލާފައެވެ. ސީއޭއައިއާރް އިން ގޮވާލީ، ދައުލަތެއް އެކީގައި ފިލުވާލުމަށް އިޒްރޭލުން ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކުގައި އެމެރިކާ ބައިވެރި ނުވުމަށެވެ.
ޣައްޒާއަށް ދިން މިހަމަލާގެ އިތުރުން އިޒްރޭލުން އިއްޔެ ވަނީ އީރާނަށް ވެސް ނިރުބަވެރި ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގެ ސަބަބުން ހަތަރު ސިފައިންގެ މީހުން ވަނީ މަރުވެފައެވެ. އީރާނުގެ ރައީސް މަސްއޫދް ޕެޒެޝްކިއަން މިއަދު ވަނީ އެ ހަތަރު ސިފައިންގެ މީހުންގެ ހަނދާނުގައި ސުކޫތުގެ ވަގުތުކޮޅެއް ހޭދަކޮށްފައެވެ.
އީރާނާއި، ޣައްޒާގެ އިތުރުން އިޒްރޭލުގެ ޔަހޫދީ ސިފައިން އަންނަނީ ލުބްނާންގެ ބެއިރޫތައް ވެސް ހަމަލާ ދެމުންނެވެ. އެގޮތުން ބެއިރޫތުގެ ދެކުނު ސަބަރބްގައި އާންމުން ދިރިއުޅޭ ސަރަހައްދަކަށް ރޭގައި އިޒްރޭލުން ވަނީ ހަމަލާދީފައެވެ.



