ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ދިނުމަށް ބޭނުންކުރާ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ މިއަދު ހެނދުނު 5:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހި، ހިޔާ ޓަވަރުގެ 13 ވަނަ ފްލެޓް ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ތެރެއަށް މީހަކު ވަދެ ވައްކަން ކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވަނީ މިމައްސަލަ އާއި ގުޅިގެން އުމުރުން 32 އަހަރުގެ އަހުމަދު ރިސްވާން ހައްޔަރުކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



