ހުޅުމާލެ އަދި މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ޕޯސްޓެއްގައި ބުނީ ގްރޭޓާ މާލެ އިންޓަކަނެޝަން ގްރިޑް ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރުމަށް މާދަމާ ހެނދުނު ހުޅުމާލެ އަދި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.
އެކުންފުނިން ބުނެފައިވާ ގޮތުގައި ކަރަންޓު ކެނޑޭނީ މާދަމާ ހެނދުނު 6:00 އާއި 7:00 އާ ދެމެދުއެވެ.
މިމަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.



