މިނިވަން ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން މި ޤައުމުގައި ދޮގު މަޢުލޫމާތު ފަތުރާ، ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގޮވާލައިފިއެވެ.
ހީނާ މިހެން ވިދާޅުވެފައި ވަނީ ރައީސްގެ މާސްޓަޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމަށް އަންނަ ހަފުތާގައި އަގު ބޮޑު ހަފުލާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ’އަދަދު‘ ނޫހުން ރިޕޯޓުކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.
މިހަބަރާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ އެ ހަފްލާ އަކީ ގާތްގަނޑަކަށް ދެލައްކަ ރުފިޔާއަށްވުރެ ވެސް ކުޑަ ބަޖެޓަކުން މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ހިންގަން ރާވަމުން އަންނަ ކަމެއް ކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަދަދު ނޫހުން މިފަދަ އެތައް ދޮގު މަޢުލޫމާތެއް ގަސްތުގައި ފަތުރާފައިވާ ކަމަށެވެ.
”މިއީ ގާތްގަނޑަކަށް ދެލައްކަ ރުފިޔާއަށްވުރެވެސް ކުޑަ ބަޖެޓަކުން މުޅި ރާއްޖެ ޝާމިލުވާގޮތަށް ހިންގަން ރާވަމުން އަންނަ ކަމެއް. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަދަދު ނޫހުންވަނީ މިފަދަ އެތައް ދޮގު މަޢުލޫމާތެއް ގަސްތުގައި ފަތުރާފައި“ ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މިއީ ގާތްގަނޑަކަށް ދެލައްކަ ރުފިޔާއަށްވުރެވެސް ކުޑަ ބަޖެޓަކުން މުޅި ރާއްޖެ ޝާމިލުވާގޮތަށް ހިންގަން ރާވަމުން އަންނަ ކަމެއް.
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަދަދު ނޫހުންވަނީ މިފަދަ އެތައް ދޮގު މަޢުލޫމާތެއް ގަސްތުގައި ފަތުރާފައި. މިނިވަން ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން… pic.twitter.com/C9FuD9AA42— Heena Waleed (@MvSpokesperson) October 31, 2024
މީގެއިތުރުން، މިނިވަން ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން މި ޤައުމުގައި ދޮގު މަޢުލޫމާތު ފަތުރާ، ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް ވެސް ހީނާ ވަނީ އިލްތިމާސްކޮށްފައެވެ.




