މީޑިއާ ކައުންސިލުގެ ރައީސް މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްތަފާ ޕީއެސްއެމުން ވަކިކޮށްފައި ވަނީ ރޭ ބޭއްވި 11 ވަނަ ނޫސްވެރިންގެ އެވޯޑު ދިނުމުގެ ހަފްލާގައި ’ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު‘ ވީޑިއޯއެއް ދެއްކުމުގެ މައްސަލައިގައެވެ.
މުސްތަފާ ޕީއެސްއެމްގައި އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައި ވަނީ ޕީއެސްއެމްގެ ބޮޑުންނެވެ. އެހެންނަމަވެސް ޕީއެސްއެމުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުން މުސްތަފާ ވަކިކުރުމުގެ ކުރިން އޭނާ ވަނީ ޕީއެސްއެމަށް 30 އަހަރު ވަންދެން ހިދުމަތް ކުރައްވާފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ’ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު‘ ވީޑިއޯއެއް ދެއްކި މައްސަލައެއް މުސްތަފާ ވަކިކޮށްފައިވާއިރު، ޕީއެސްއެމްއިން ވަނީ މީޑިއާ ކައުންސިލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފައެވެ.



