ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ކާޑު ލިމިޓް ބޮޑުކުރަން އެދެން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޓޫޑެންޓް ޕޯޓަލްގެ ނަމުގައި ޚާއްސަ ޕޯޓަލްއެއް ތަޢާރަފުކޮށްފިއެވެ.
ބީއެމްއެލުން ހާމަކޮށްފައިވާ ގޮތުގައި މިޕޯޓަލް މެދުވެރިކޮށް މިހާރު ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ޑޮލަރު ލިމިޓު ބޮޑު ކުރަން އެދެވޭނެއެވެ.
ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ޕާސްޕޯޓާއި ސްޓޫޑަންޑް ވިސާ އާއި ޔުނިވަސިޓީ އެންރޯލްމެންޓް ލެޓާ ބޭނުންވާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. އަދި ކާޑު ލިމިޓު ބޮޑު ކުރަން އެދޭތާ އެއް ދުވަހުގެ ތެރޭގައި ކާޑު ލިމިޓު 1200 އަށް ބޮޑު ކޮށްދޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެފައިވެއެވެ.
އެ ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ޕާސްޕޯޓާއި ސްޓޫޑަންޑް ވިސާ އާއި ޔުނިވަސިޓީ އެންރޯލްމެންޓް ލެޓާ ބޭނުން ވާނެ އެވެ. ގައުމީ ބޭންކުން ބުނީ ޕޯޓަލްގައި ރަޖިސްޓާވުމުން އެއް ދުވަހުގެ ތެރޭގައި ލިމިޓު 1،200 ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށެވެ.
އެކަމުގެ ނޮޓިފިކޭޝަން މޮބައިލް އެޕްލިކޭޝަނަށް އަންނާނެ ކަމަށް ބުނެ، ބީއެމްއެލުން ބުނީ އިތުރު މައުލޫމާތު ބެންކުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
ބީއެމްއެލުން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންގެ ޑޮލަރު ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރަން ނިންމީ މިދިޔަ މަހުގެ 23 ގައެވެ. ކުރިން ދަރުވަރުންނަށް ލިބެނީ 750 ޑޮލަރެވެ.



